ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާންޖަހަން ފެންނަކަމަށް ޗެނެލް ތޭރައިގެ ޕްރޮގްރާމެއްގައި ބުނި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ ޓީވީ ޗެނެލަކުން ގެނެސްދިން ޕްރޮގްރާމެއްގައި އެ މޭރުމުން ބުނެފައިވާތީ ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާންޖަހަން ފެންނަކަމަށް އެމީހާ ބުނުމުން އެނައުންސަރު ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
ޚަބަރުގައިވާ ޓްވީޓުން އަޑުއައްސަވާލައްވާ!
@ElectionsMv @PoliceMv @MNDF_Official @broadcomMV @mmc_mv https://t.co/GuXxp4w0pf
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 4, 2020