141 މީހުން މިއަދުވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
141 މީހުން މިއަދުވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް 141 މީހުން  ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 141 މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެހިންނާއި 43 ބިދޭސީން ކަމަށެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 137 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 5483 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,282 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 157 މީހަކަށެވެ.

މި ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން