96 ދިވެހިންނާއި 41 ބިދޭސީން މިއަދު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 137 މިހުންނެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 199 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 5336 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,140 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 166 މީހަކަށެވެ.
މި ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ.