މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު ދުއިސައްތައަށް މަދީ އެންމެ މީހެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު ދުއިސައްތައަށް މަދީ އެންމެ މީހެއް!

މިއަދު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 200 އަށް މަދީ އެންމެ މީހެކެވެ

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 199 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 145 ދިވެހީންނާއި ބަންގްލަދޭޝްގެ 45 މީހަކާއި އިންޑިއާގެ 5 މީހަކާއި އެމެރިކާގެ 2 މީހަކާއި ޗައިނާ މީހަކާއި ޖަޕާނު މީހެކެވެ. 

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 137 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 5265  އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8,003 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 162 މީހަކަށެވެ.

މި ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން