އުތެމަ އުތުރިއަރާ މައްސަލަ އިސްލާމިކް މިނިސްޓްރީން ހިންދައިލި ނަމަވެސް ފުލުސް އޮފީހުން ކުރިއަށް ގެންގޮސްދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އުތެމަ އުތުރިއަރާ މައްސަލަ އިސްލާމިކް މިނިސްޓްރީން ހިންދައިލި ނަމަވެސް ފުލުސް އޮފީހުން ކުރިއަށް ގެންގޮސްދޭނެ!

ރާއްޖެއިން އިސްލާމް ދީން ފުހެލަން އުތުރިއަރަމުންގެންދާ އުތެމަ ތަކުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ހިންދައިލި ނަމަވެސް ފުލުސް އޮފީހަށް އަމިއަލަ ފަރުދަކު ހުށަހަޅާފައިވާ މައްސަލައިގެ ތަޙްޤީޤް ކުރިއަށް ގެންގޮސްދޭނެ ކަމަށް ބުނެފިއެވެ. 

"އަޅުގަނޑުމެންނަށް ހުށަހެޅި މައްސަލަ އަޅުގަނޑުމެން ބަލާނަން. އަޅުގަނޑުމެން މިހާރުވެސް ވާނީ ސަރުކާރުގެ އިދާރާތަކަށް ލިޔެފަ." 

އިސްލާމިކް މިނިސްޓްރީން މިހާރުވަނީ އުތެމަތަކަށް ނަޞޭޙަތްދީ މައްސަލަ ނިންމާލާފައިކަމަށް ބައެއް މީޑިއާތަކުގައި ލިޔެފައި ހުއްޓާ ފެނެއެވެ. އުތެމަތަކުގެ ކިބައިގައި ހުރި ﷲ ތަޢާލާ އާ ޢަދާވާތްތެރި ފިކުރު ބަދަލުކުރަން އިސްލާމިކް މިނިސްޓްރީން އުތެމަތަކަށް ކުރި އެއްވެސް ކަމެއް އަދި މިހައިތަނަށް އެނގިފައެއް ނެތެވެ.

މިއަދު އޮންލައިން