"ރިވެލި އެވޯޑު" ވެގެންދަނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރުދޭ މުހިންމު ވަސީލަތަކަށް: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
"ރިވެލި އެވޯޑު" ވެގެންދަނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރުދޭ މުހިންމު ވަސީލަތަކަށް: ވަޒީރު ޤީލާ

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އެފަދަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގައި "ރިވެލި އެވޯޑު" މުހިންމު ދައުރެއް އަދާކުރާކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑް 2026 ގެ ޝަރަފުވެރި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، މި އެވޯޑަކީ ވަރަށް ފުން މާނައެއް އެކުލެވިގެންވާ ޝަރަފުވެރި އެވޯޑެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ވުޒާރާގެ މަސައްކަތްތަކަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، މިއީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަންދީ، އެ މަގުން މަސައްކަތްކުރާ ފަރާތްތަކަށް ބާރުދީ ހިތްވަރުދޭ މުހިންމު ވަސީލަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި، ސަރުކާރުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، އެންމެން ޝާމިލްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތު ކަމަށެވެ. އަދި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑު ރައީސް ވަރަށް ކައިރިން އައްސަވާކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ކަންކަން ފަހިކޮށްދެއްވުމަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"ރައީސްގެ ދުރު ވިސްނޭ ތަސައްވުރަކީ ހުރިހާ ފަރާތްތަކަށް ފާގަތި މުޖުތަމަޢުއެއް ޤާއިމްކޮށްދެއްވުން. ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރިހާ ގޮތަކުން އުފާވެރިކަމާއި، ފާގަތިކަން ހޯދައިދިނުން. އަދި އިޖުތިމާޢީ ރައްކާތެރިކަމުގެ ވިއުގައިގެ ތެރެއިން ލިބޭ އިނާޔަތްތަކުން މަހުރޫމުވިޔަ ނުދިނުން،" ވަޒީރު ޤީލާ ވިދާޅުވިއެވެ.

މިއަދު އޮންލައިން