މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ "މޫސުން" އެޕް މެޓް އޮފީހުން ތަޢާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފަސޭހަކަމާއެކު ލިބޭނެ "މޫސުން" އެޕް މެޓް އޮފީހުން ތަޢާރަފުކޮށްފި

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ "މޫސުން" ތަޢާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޫސުމީ ޙާލަތު ވަގުތުން ވަގުތަށް ދެނެގަތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. "މޫސުން" ޕް މެދުވެރިކޮށް، ތިމާ ދިރިއުޅޭ ނުވަތަ ދަތުރުކުރަން ގަސްތުކުރާ ވަކިވަކި ރަށްރަށުގެ މޫސުން ލަފާކުރާ ގޮތާއި، ވަގުތުން ވަގުތަށް މޫސުމީ ބަދަލުތައް ދައްކުވައިދޭ ލައިވް ވެދަރ މެޕް ބަލައިލެވޭނެއެވެ. މީގެއިތުރުން، މެޓް އޮފީހުން ރަސްމީކޮށް ނެރޭ އެލާޓްތަކާއި އިންޒާރުތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި އެޕްލިކޭޝަން މިހާރު އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އެޕް ބޭނުންކުރުމަށްޓަކައި ސްޓޯރުތަކުގައި "Moosun" ޖަހައިގެން ސާޗް ކޮށްލުމުން ނުވަތަ ކަމާބެހޭ ކިއުއާރް (QR) ކޯޑު ސްކޭން ކޮށްލުމުން ފަސޭހަކަމާއެކު ފޯނަށް އަޅައިލެވޭނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން