އަބޫހުރައިރާ ޗެލެންޖް ބައިވެރި ވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާ ކަމަށް ޕުރޮގުރާމް ކޯޑިނޭޓަރ މައުލޫމާތު ދެއްވައިފިއެވެ. ޢިލްމް.އެވީ އިން ހުޅުވާލި މި ފުރުސަތުގައި މިހާރުވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރި ވެފައި ކަމަށް މައުލޫމާތު ދެއްވިއެވެ. ރާއްޖެ އެކި ސުކޫލުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެއްދިފައިވާ ކާމިޔާބު މި ޕުރޮގުރާމް މިއަހަރު ރަމަޟާންމަހުގައި ގޭގައި ތިއްބަވައިގެން ބައިވެރިވުމަށް ވަރަށް ބޭނުންތެރިވާނެ ޕުރޮގުރާމަކަށް ވާނެކަމަށް މައުލޫމާތު ދެއްވައެވެ. ”އަބޫހުރައިރާ ޗެލެންޖް“ ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް އޮތް ރޯދަމަހު ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމަކީ ކީރިތި ރަސޫލާ (ޞޢވ)ގެ ޙަދީޘްފުޅުތަކުގެ ތެރެއިން އަބޫހުރައިރާ ރިވާ ކުރައްވާފައިވާ 20 ޙަދީޘް ކިޔަވައިދިނުމުގެ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 20 ދުވަހުގެ މުއްދަތަށެވެ. ދުވާލަކު ޙަދީޘެއް ދަސްކޮށް ، ދަސްވި ޙަދީޘް ބެލެނިވެރިޔާއަށް ނުވަތަ އެކުވެރިޔާއަށް ކިޔައިދޭންޖެހޭއިރު ކުށަކާ ނުލައި ކިޔައި ދެވިއްޖެނަމަ އެކަން އަޑުއެހި މީހާ ނޯޓްކުރަންޖެހެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ، ޕްރޮގްރާމް ކުރިއަށް ގެންދާ ޓެލްގްރާމް ގުރޫޕާއި ގުޅިވަޑައިގެން މަޢުލޫމާތު ހިއްސާކުރެއްވުމުން ފުދޭނެއެވެ. މި ގުރޫޕާއި ގުޅިވަޑައިގަތުމަށް ތިރީގައި އެވާ ލިންކަށް ފިއްތަވާލައްވާށެވެ.
https://t.me/AbuHurairaChallenge
މި ޕްރޮގްރާމް ކުރިއަށް ގެންދަވާ ، ފަރާތުން “ދެން“އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ ރަސޫލުﷲ (ޞޢވ) ގެ ޙަދީޘް ފުޅުތައް ކުދިންގެ ހިތްތަކުގައި ހިތްތަކުގައި ހަރުލެއްވުމާއި ޙަދީޘްފުޅުތަކަށް ލޯބިޖައްސައިދީ ހިތު ދަސްކުރުމުގެ ރޫޙް އާލާ ކުރުމުގެ އިތުރުން ނަބިއްޔާ (ޞޢވ)ގެ މަތިވެރި އިރުޝާދުތަކުން އަޚްލާޤީ ފިލާވަޅުތައް ލިބިގަނެ އެއަށް ޢަމަލު ކުރުމަށް ހިތްވަރު ދިނުމާއި މާތް ނަބިއްޔާ ދެކެ ވާ ލޯބި އިތުރުކުރުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވަކި ޢުމުރެއް ނެތެވެ.
- އިލްމް.އެމްވީ