މާލޭގަ ދިރިއުޅޭ ރާއްޖެތެރޭ މީހުން ދެރަކުރަން ބަހެއް ނުބުނަން! ދެއްކިވާހަކަ އޮޅުނު މީހުންގެ ކިބައިން މާފަށް އެދެން!: އަނދުން ޙުސައިން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
މާލޭގަ ދިރިއުޅޭ ރާއްޖެތެރޭ މީހުން ދެރަކުރަން ބަހެއް ނުބުނަން! ދެއްކިވާހަކަ އޮޅުނު މީހުންގެ ކިބައިން މާފަށް އެދެން!: އަނދުން ޙުސައިން

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަދެއްކެވިއިރު މާލޭގަ ދިރިއުޅޭ ރާއްޖެތެރޭ މީހުން ދެރަކުރަން އެއްވެސް ބަހެއް ވިދާޅުވެފައި ނުވާނެ ކަމަށާއި ދެއްކެވިވާހަކަ އޮޅުނު މީހުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. 

"މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތިޙާލުގެ ވާހަކަ ދައްކަމުން އެ ރައްޔިތުން އުޅެމުންދަނީ ރިފިޔުޖީންނާއި އެއްގޮތަށް ކަމަށާއި އަދި މާލެ މިހާރު މިއޮތީ ފަލަސްޠީނާއި އެއް ޙާލަތުގައި ކަމަށް އަޅުގަނޑު ދެންނެވީ މާލޭގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ޙާލު ސިފަކޮށް ދިނުމަށެވެ. 

އެއްވެސް ގޮތަކަށް މާލޭގަ ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަކަށް ނޫނެވެ. ސީދާ ގޮތުންވެސް އަދި ނުސީދާ ގޮތުންވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފައެއް ނުވާނެއެވެ. އެހެން ނަމަވެސް އަޅުގަނޑު ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ."

- ޙުސައިން ޝަމީމް  

 

މިއަދު އޮންލައިން