ޞިއްޙީ ދާއިރާގައި މީގެ ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ޚިދުމަތްތަކެއް މިހާރު ވަނީ ތަޢާރަފުކުރެވިފަ: ރައިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޞިއްޙީ ދާއިރާގައި މީގެ ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ޚިދުމަތްތަކެއް މިހާރު ވަނީ ތަޢާރަފުކުރެވިފަ: ރައިސް

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާ، މީގެ ކުރިން ރާއްޖެއިން ލިބެން ނެތް ގިނަ ޚިދުމަތްތަކެއް، މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ތަޢާރަފުކުރެވި، އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ޞިއްޙީ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ޞިއްޙީ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކަށް ޚުލާސާ ގޮތެއްގައި އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކިއުރޭޓިވް ހެލްތުކެއަރ ކުރިއެރުވުމަށް މިދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާ ހިއްސާކުރައްވާފައެވެ. ހަމަމިއާއެކު، މީގެ ކުރިން ރާއްޖެއިން ލިބެން ނެތް ޞިއްޙީ ފަރުވާގެ ގިނަ ޚިދުމަތްތަކެއް، މިވީ 3 އަހަރު ދުވަހުގެ ތެރޭގައި ތަޢާރަފުކުރެވި، އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާއިން ހޯދިފައިވާ މުހިންމު ކުރިއެރުންތަކާއި، މިހާރުވެސް ކުރިއަށްގެންދަވާ މިފަދަ މަޝްރޫޢުތަކުގެ އަދާހަމަ ތަފްސީލުތައް، ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވި "ހަފުތާ 156" ފޮތުގައި ހިމަނުއްވާފައިވެއެވެ. މިގޮތުން، ޞިއްޙީ ދާއިރާއަށް މިހާތަނަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓާއެކު އަދުގެ ސަރުކާރުން ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ، ކާމިޔާބު، މުހިންމު އެތައް މަސައްކަތެއްގެ މައުލޫމާތު މި ފޮތުގައި ވަނީ ގެނެސްދެއްވާފައެވެ.

މިއަދު އޮންލައިން