ޖެންޑާ މިނިސްޓަރ ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ހާލަތު ބައްލަވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޖެންޑާ މިނިސްޓަރ ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ހާލަތު ބައްލަވާލައްވައިފި

ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިކަމާގުޅިގެން ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ މިއަދު ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ އެ ތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި މުވައްޒަފުންނާއި ބައްދަލު ކުރައްވާ ކަންބޮޑުވުންތަކުގެ އަޑުއެއްސެވި ކަމަށާއި އެތާނގެ ކުދިންނާއިވެސް މިނިސްޓަރު ބައްދަލު ކުރެއްވި ކަމަށެވެ.

މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރައްވައިފައިވާ  އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގައި ހުންނެވުމަށްފަހު އެވެ.  

 

މިއަދު އޮންލައިން