މަޖިލީހުން ހަދާ ޤާނޫނު މުގުރުމުން މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވުން ފައުޅުކުރުމުން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅު ކުރައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މަޖިލީހުން ހަދާ ޤާނޫނު މުގުރުމުން މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވުން ފައުޅުކުރުމުން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅު ކުރައްވައިފި!

ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮންނަ ރާއްޖޭގެ ޤާނޫނުތައް ހަދާ މަޖިލީހުން ހަދާ ޤާނޫނު މުގުރުމުން އެ މަޖިލީހުގެ ރިޔާސަތުން ކަންބޮޑުވުން ފައުޅުކުރުމުން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ. 

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ފަތުރުވެރިއަކު، ރާއްޖޭގެ ޤާނޫނަށް ގޮންޖަހައި، ފުލުހުންގެ ގައަށް (އިސްވެ) އަތްލައި، އޮރިޔާމުން (މަގުމަތީގައި) ދުވަމުން ދިއަ އަންހެނެއްގެ ދިފާއުގައި މަޖިލީހުގެ ބޭފުޅަކު (މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު) ތެދުވެ ރޮއެ، މާފަށް އެދި، ކުށްވެރިޔާ ދިފާޢުކުރުމުން އެނގިގެންދަނީ އެބޭފުޅާ، ޔޫރަޕް މީހުންނަށް އަޅުވެތިވެފައިވާ މިންވަރު" ކަމަށެވެ. 

މާފުށީގައި ހިނގައިދިއަ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކުރަން ޖެހެނީ މަސްތުގެ ޙާލުގައި ހުރުމުގެ އިތުރުން ޢާންމުރައްޔިތުންގެ ތެރޭގައި އުޅުމަށް ދުނިޔެ ވެސް ޤަބޫލު ނުކުރާފަދަ އޮރިޔާން ހާލަތެއްގައި ހުރި އަންހެނަކު، ދެން އެހެން ގޮތެއް ނެތިގެން އިރުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަން ކުށްވެރިކުރަން ބައަކު އުޅޭ ކަމެވެ. ރާއްޖޭގައި ގާނޫނު އަސާސީއެއްވެސް ނެތްކަމަށް ބައަކު ދެކޭ ކަމެވެ.

މިއަދު އޮންލައިން