މުފްތީ މެންކުގެ ދަރުސަށް ބޮޑު ތަރުޙީބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
މުފްތީ މެންކުގެ ދަރުސަށް ބޮޑު ތަރުޙީބެއް!

މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް މިރޭ ދެއްވި ދަރުސް އަޑުއަހަން ގިނަބައަކު އަލިމަސް ކާނިވަލަށް ދިއައެވެ. ގޮނޑިތައް ފުރިގެން ކޮޅަށްވެސް ގިނަ ބައަކު ތިބިކަން ފާހަގަކުރެވުނެވެ. 

ދަރުސް ދެއްވީ އިނގިރޭސިބަހުން ކަމަށްވެފައި އަދި ޓީވީތަކުން ލައިވް ވެސް ކުރުމާއިއެކު މިހައި ގިނަ ބައަކު ދަރުސްގައި ބައިވެރިވުން އެއީ ދަރުސަށް ލިބުނު ތަރުޙީބުގެ ބޮޑުކަން އެނގިގެން ދިއަ ކަމެކެވެ. 

މުފްތީ މެންކުގެ ދަރުސް މިރޭ ފެށުނީ ކަނޑައެޅިފައި އޮތް ވަގުތަށްވުރެ ކުޑަތަންކޮޅެއް ފަހުންނެވެ. ސަބަބަކީ ހުންނެވި ރިޒޯޓުން މާލެވަޑައިގަތުމުގައި ކުރިމަތިވެވަޑައިގެންނެވި ދަތިކަމެއްކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. 

މުފްތީ މެންކު މިރޭ ވެސް ވަނީ ރާއްޖެއަށް މާތް ﷲ ދެއްވަވާފައިވާ ޤުދްރަތީ ރީތިކަން ފާހަގަކުރައްވައިފައެވެ. އަދި އެކަމަށްޓަކައި ޝުކުރުވެރިވުމަށްވެސް އިލްތިމާސްކުރައްވައިފައެވެ. 

މިރޭގެ ދަރުސްގައި ވެސް މުފްތީ މެންކް ވަނީ ނިޢްމަތްތަކަށް ޝުކުރުވެރިވުމަށާއި ހިތް ނުއެދޭ ކަމެއް މެދުވެރިވެއްޖެ ނަމަވެސް ދެ ފަހަރަށް ޝުކުރުވެރިވުމަށް އިލްތިމާސްކުރައްވައިފައެވެ. ހިތް އެދޭ ގޮތަށް ކަމެއް މެދުވެރި ނުވުން އެއީ އިތުރު ރަޙްމަތަށް ވުމަށް ވެސް މުފްތީ މެންކް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިއަދު އޮންލައިން