މާބައިދޫ ފުޓްސަލް ދަނޑާއި ދަނބިދޫ ހޭންޑްބޯޅަ ކޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
މާބައިދޫ ފުޓްސަލް ދަނޑާއި ދަނބިދޫ ހޭންޑްބޯޅަ ކޯޓު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހައްދުންމަތީ މާބައިދޫ ފުޓްސަލް ދަނޑު އަދި އެ އަތޮޅު ދަނބިދޫ ހޭންޑްބޯޅަ ކޯޓު ޤާއިމުކުރުމުގެ މަސައްކަތް އެސް.އޭ.އެން.އެން ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފިއެވެ.

މި ދެ ރަށުގެ ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ވެވުނު އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާއެވެ. އަދި މަސައްކަތް ހަވާލުކުރެވުނު އެސް.އޭ.އެން.އެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ސަބުހާ އަޙްމަދެވެ.

މި މަޝްރޫޢުގެ ދަށުން މާބައިދޫގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަނބިދޫގައި ހޭންޑްބޯޅަ ކޯޓެއް ޤާއިމުކޮށް، ދެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރު ކުޅުންތެރިންނަށް އެކަށީގެންވާ ވަސީލަތްތައް ފަހިކޮށްދިނުމަކީ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދެވެ.

މިއަދު އޮންލައިން