ކުރިއަރާފައިވަނީ ޚިޔާލުތަފާތުވި ނަމަވެސް ޤައުމު ބިނާކުރުމުގަ އެއްގަލަށް އަރާ މުޖުތަމައުތައް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ކުރިއަރާފައިވަނީ ޚިޔާލުތަފާތުވި ނަމަވެސް ޤައުމު ބިނާކުރުމުގަ އެއްގަލަށް އަރާ މުޖުތަމައުތައް: މުފްތީ މެންކް

ދުނިޔޭގައި ކުރިއަރާފައިވަނީ ޚިޔާލުތަފާތުވި ނަމަވެސް ޤައުމު ބިނާކުރުމުގައި އެއްގަލަށް އަރާ މުޖުތަމައުތައް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. 

އަލިމަސް ކާނިވަލުގައި ދަރުސް ދެއްވަމުން މުފްތީ މެންކް މިރޭ ވިދާޅުވީ އެފަދަ މުޖުތަމައުތަކުގައި ދެމަފިރިންގެ ވަރިކުރުމުގެ މައްސަލަތަކުގައިވެސް ސިޔާސީ ކަންކަމުގައިވެސް ވަރަށް ހޫނުކޮށް ބަހުސްކުރާ ކަމަށެވެ. ނަމަވެސް ބަހުސް ނިންމާފައި އެމީހުން ނުކުންނަނީ އެކުވެރިކަމާއިއެކުގައި ކަމަށާއި ސަބަބަކީ ޤައުމު ބިނާކުރުމަކީ އެންމެންގެވެސް މަސްއޫލިއްޔަތެއްކަމަށް ޤަބޫލުކުރާތީ ކަމަށެވެ. 

މިގޮތުން ޚިޔާލު ތަފާތުވާ ކަންކަމުގައި ޤައުމަށް، މުޖުތަމައުއަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުމަށް މުފްތީ މެންކް ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ރާއްޖޭގެ ރިތިކަން ގެއްލި ހަމަނުޖެހުމަކަށް ހިނގައިދާނެ ކަންކަން ނުކުރުމަށާއި ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލުކުރުމަށް ވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ.   

ބެލެވޭ ގޮތުން މުފްތީ މެންކް އިލްތިމާސް ކުރެއްވީ ހަރުކަށި ފިކުރުގައި ނިރުބަވެރި އެއްވެސް ޢަމަލެއް ނުހިންގުމަށެވެ. އެފަދަ ކަމެއް ކޮށްފިނަމަ ރާއްޖެއަށް ލިބިދާނެ ގެއްލުންތަކަށެވެ. 

މިއަދު އޮންލައިން