ރާއްޖެއަކީ އަހަރެން ދެކެފައިވާ އެންމެ ރީތި އެއް ޤައުމު! އެކަން ދެމެހެއްޓިފައި އޮތުން ވަރަށް ބޮޑަށް ބޭނުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖެއަކީ އަހަރެން ދެކެފައިވާ އެންމެ ރީތި އެއް ޤައުމު! އެކަން ދެމެހެއްޓިފައި އޮތުން ވަރަށް ބޮޑަށް ބޭނުން!: މުފްތީ މެންކް

ރާއްޖެއަކީ އެނިވަޑައިގެންފައިވާ އެންމެ ރީތި އެއް ޤައުމު ކަމަށާއި އެކަން ދެމެހެއްޓިފައި އޮތުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި އަދި އިރާދަކުރެއްވިއްޔާ މުޅި ޢާއިލާ އާއިއެކު އެއްދުވަހަކުން ރާއްޖެއަށް ޒިޔާރަތްކުރައްވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ. 

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގަތުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހުންނަވައިގެން މުފްތީ މެންކް ވިދާޅުވީ މިދަތުރުފުޅު ނިމިގެންދާއިރު އެމަނިކުފާނުގެ އުންމީދަކީ އިސްލާމް ދީނުގެ ކަންކަމާއިމެދު ދިވެހި ރައްޔިތުންނަށް އިތުރު މައުލޫމާތު ލިބި ހޭލުންތެރިކަން އިތުރުވުން ކަމަށެވެ. 

މުފްތީ މެންކުގެ ވާހަކަފުޅުން: 

މިދިއަ އަހަރާ އަޅާބަލާއިރު ރާއްޖެއިން މިފެންނަނީ އިތުރަށް ތަރައްޤީވަމުން އަންނަތަން. މަތީގައި ފްލައިޓް އޮތްއިރުވެސް އެކަން ފާހަގަކުރެވުނު. މިދިއަ އަހަރު އައިއިރު ބްރިޖުގެ މަސައްކަތެއް ނުނިމޭ. މިފަހަރު މިފެނުނީ މަސައްކަތް ނިމި ބްރިޖުގެ ބޭނުންކުރާތަން. 

މިބާވަތުގެ ތަރައްޤީ ލިބުން އޮތީ އެތަނެއްގައި ހަމަޖެހުމާއި އަމާންކަން އޮތް މިންވަރަކުން. އަހަރެން މިކުރާ ދަތުރުގެ ބޭނުމަކީވެސް ހަމަ އެކަމަށް އެހީތެރިވެދިނުން. އިސްލާމް ދީނުގެ ކަންކަން މީސްތަކުންނަށް އަންގައިދިނުން. އެއިގެ މާނައަކީ މިހާރު ކަންކަން ނުއެނގުމެއް ވެސް ނޫން. މުސްލިމުންނަކީ އެކަކު އަނެކަކަށް އަބަދުވެސް ހަނދާންކޮށްދޭން ޖެހޭ ބައެއް. 

މިއަދު އޮންލައިން