ދެލައްކަ މީހުންނަށް ހިމަބިހީގެ ވެކްސިން ދެވޭވަރުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
ދެލައްކަ މީހުންނަށް ހިމަބިހީގެ ވެކްސިން ދެވޭވަރުގެ ބޮޑު ޕްރޮގްރާމެއް ފަށަނީ!

ދެލައްކަ މީހުންނަށް ހިމަބިހީގެ ވެކްސިން ދެވޭވަރުގެ ބޮޑު ޕްރޮގްރާމެއް ފަށަން ފަށަން ހެލްތު މިނިސްޓްރީ އިން ތައްޔާރުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖަހަންޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވުނުތޯ ކަށަވަރު ކުރާނެ ކަމަށާއި ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުންނަށް ދެވަނަ ޑޯޒް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ވެކްސިން ދެވޭ މީހުންގެ މައުލޫމާތުގެ ޑޭޓާބޭސްއެއް ވެސް ހަދާނެކަމަށެވެ.

ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކާ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެކެވި، މިވަގުތުން މިވަގުތަށް އަޅުގަނޑުމެންނަށް ދެ ލައްކަ މީހުންނަށް ވެކްސިން ދެވޭވަރަށް ވެކްސިން ލިބެނެގޮތް ހަމަޖެފައި މިވާކަމަށެވެ. އަދި މި ވެކްސިން ރާއްޖެ އާއި ހަމައަށް ގެނައުމަށް ނަގާނީ 10 ވަރަކަށް ދުވަސް ކަމަށް އަމީން ވިދާޅުވިއެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި ދާދިފަހުން އަނެއްކާވެސް ވަނީ ރާއްޖެއިން ފެނިފައެވެ. 

މިއަދު އޮންލައިން