ރައްޔިތުންގެ އަތުން ވަގަށް ނެތި ފައިސާ އަނބުރާ ނުދިންނަމަވެސް ރައްޔިތުންގެ ފައިސާއިން އިނާޔަތް ދިނުން ހަމަ އިންޞާފުވެރިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ރައްޔިތުންގެ އަތުން ވަގަށް ނެތި ފައިސާ އަނބުރާ ނުދިންނަމަވެސް ރައްޔިތުންގެ ފައިސާއިން އިނާޔަތް ދިނުން ހަމަ އިންޞާފުވެރިތޯ؟

ރައީސުލްޖުމްހޫރިއްޔާކަމުގައި ހުރެ ރައްޔިތުންގެ ފައިސާއިން ވައްކަންކޮށްގެން އެމީހެއްގެ މައްޗަށް ޖަލު ޙުކުމް އިއްވި ނަމަވެސް ޙުކުމް ތަންފީޒުކޮށް ނިމުމުން ކުރީގެ ރައީސުންނަށް ދޭ ފައިސާގެ ބޮޑެތި އިނާޔަތްތައް ދޭން ނިންމިއިރު، ވަގަށް ނެގި ފައިސާތައް އަނބުރާ ރައްޔިތުންނަށް ނުދިން ނަމަވެސް އިނާޔަތްތައް ދިނުމަކީ ހަމަ އިންޞާފުން ކުރާ ކަމެއް ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ.

2007 ވަނަ އަހަރުން ފެށިގެން ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލަތައް އޮޑިޓް ރިޕޯޓުން ދަނީ ހާމަވަމުން ކަމާއި އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ދައުލަތް ވަރަށް ބޮޑަށް ނުކުލެދިފައިވާކަންވެސް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

މިދިއަ ޑިސެންބަރު މަހުގެ 2 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާއިން ފާސްކުރެއްވި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވަނީ ތަޞްދީޤް ކުރައްވައިފައެވެ.

މިއަދު އޮންލައިން