މުވައްޒިފުންނަށް ހެޔޮކޮށް ހިތުމަކީ ﷲގެ އަމުރުފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މުވައްޒިފުންނަށް ހެޔޮކޮށް ހިތުމަކީ ﷲގެ އަމުރުފުޅެއް!

ކީރިތި ޤުރްއާނުގެ މިއާޔަތަށް ވިސްނާށެވެ! އެއީ އަޅުން ހުއްދަ ޒަމާނެވެ. އެހެންކަމުން ﷲ ތައާލާ އަންގަވާފައި އެވަނީ އަޅުންނަށް ވެސް ހެޔޮކޮށް ހިތުމަށެވެ. މިޒަމާނުގައި ގެންގުޅެނީ އަޅުންނެއް ނޫނެވެ. މުވައްޒިފުންނެވެ. ނަމަވެސް ކުރަނީ އެއްކަމެކެވެ. ޞާޙިބު މީހާއަށް ޚިދުމަތް ކުރުމެވެ. ޞާޙިބު މީހާއަށް އިތުރު މަންފާ ހޯދައި ދިނުމެވެ. ލުއިފަސޭހަތައް ކޮށްދިނުމެވެ.

މުވައްޒިފުންގެ ކުރިމަތީގައި ބޮޑާވެ ހަރުކަށި ނުވާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމުން މަޙްރޫމްވެދާނެ ކަމަށްޓަކައެވެ. ﷲ ވަޙީކުރައްވަވާފައި އެވަނީ "ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެން ނުވާ" ކަމަށެވެ.

"ﷲ އަށް އަޅުކަންކުރުމަށާއި އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށް" އަމުރުފުޅު ކުރައްވަވާފައި އެއިގެ ފަހަތުން މިފަދަ އަމުރުފުޅުތައް ކުރައްވަވާފައި އޮތުމުން އެކަމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑުކަން ޤަބޫލުކުރާށެވެ! 

"ތިއަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިއަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާއަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ." (އައްނިސާ: 36)

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން