ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވޭ: ޓްރާންސްޕޯޓު މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވޭ: ޓްރާންސްޕޯޓު މިނިސްޓަރ

ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި އެކަމަނާ ދެއްވި ހިތާބުގައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ބައިނަލްއަގުމާވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފަންނީ މުވައްޒަފުން ލިބުމުގެ ދަތިކަން ކަމަށާއި މިމައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ތަފާތު މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

މި ގޮންޖެހުން ހައްލު ކުރުމަށް "އޭވިއޭޓާސް ނެކްސްޓް ޖެން" ގެ ނަމުގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށް ގެންދާ  ސްކޮލާޝިޕް ސްކީމެއް ތައާރަފު ކުރާނޭކަން މިނިސްޓަރު ނަހުލާ ވަނީ މިދިޔަ އަހަރު އިއުލާންކޮށްފައެވެ.

މި އަހަރުގެ "އޭވިއޭޝަން ނައިޓް" ގައި މިސްކޮލާޝިޕް ހާސިލު ކުރާ ފުރަތަމަ ބެޗްގެ ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލު ކުރެވޭނޭކަން މިނިސްޓަރު ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ.

 

 

މިއަދު އޮންލައިން