ރާއްޖެ އާ ލަންކާގެ ޒަމާންވީ ގުޅުން ބަދަހިކުރަން ދިވެހި ސަރުކާރުން އިތުރަށް މަސައްކަތްކުރާނެ!: ޝާހިދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖެ އާ ލަންކާގެ ޒަމާންވީ ގުޅުން ބަދަހިކުރަން ދިވެހި ސަރުކާރުން އިތުރަށް މަސައްކަތްކުރާނެ!: ޝާހިދު

ދިވެހިރާއްޖެއާއި ސްރީލަންކާ އާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް ސްރީލަންކާ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ބޮޑުވަޒީރު ރާޖަޕަކްސައަށް ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އަރުވައިފިއެވެ.

މިނިސްޓަރ ޝާހިދު މިއަދު ވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ. 

މިއަދު މެންދުރު ކޮޅުނބުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ފަރާތްޕުޅުން ސްރީލަންކާގެ ބޮޑުވަޒީރަށާއި، އެޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތައް މިނިސްޓަރ ޝާހިދު އަރިސްކުރެއްވިއެވެ. އަދި ބޮޑުވަޒީރުކަމާއި ޙަވާލުވެވަޑައިގަތުމުން، އެކަމަށް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ. 

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤްއާއި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

·          

މިއަދު އޮންލައިން