މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިޞްރުގެ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް  ބޭއްވުމަށް ހަމަޖެހިފައިވާ ”27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން“ ގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު  ހުޅުވާލާފައިވާއިރު މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މިޞްރު ސަރުކާރުން ދެއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭނެ ޝަރުތު ތަކަކީ މި މުބާރާތުގެ ފައިނަލް ބުރުގައި މީގެކުރިން ބައިވެރިވެފައި ނުވުމާއި ބައިނަލް އަގްވާމީ މުބާރާތުގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީއަކުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުމާއި ޢުމުރުން 25 އަހަރުފުރިހަމަ ވެފައި ނުވުމާއި މުޅި ޤުރުއާން ހިތުދަސްކޮށް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ކިޔަވަން އެނގުމާއި އަދި އިސްލާމީ ތުރުހީއްޔާގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުމެވެ.

ޝައުގުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުމަށްވެސް ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން