ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 29ސ
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ބުނެފައިވަނީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނޫ ތަންފީޒު ކުރަމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ އިތުރަށް، އެގާނޫނުގައި އިތުރަށް ބަޔާން ކުރަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމާއި، އެ ގާނޫނުގައި އިތުރަށް ފުރިހަމަ ކުރަން ހުރި މުހިއްމު ކަންކަން ފާހަގަކޮށް އިސްލާހު ގެނައުން ކަމަށެވެ.

އޭޖީގެ ފަރާތުން މި ބިލް ފަރުމާކުރީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.

މިއަދު އޮންލައިން