މަރިޔަމް ވަހީދާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ކަމަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މަރިޔަމް ވަހީދާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ކަމަށް!

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސަކަށް މަރިޔަމް ވަހީދާ އިންތިހާބު ކޮަށްފިއެވެ.

ބްރޯޑްކޮމްގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސަކަށް މަރީ އިންތިހާބު ކުރިއިރު އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އިންތިހާބު ކޮށްފައިވަނީ އަހުމަދު ގައިސްއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އަދި އެ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާ ވަނީ މަޖިލިހުން ވަކިކޮށްފައެވެ.

ގަލޮޅު ހިލްމަން މަރްޔަމް ވަޙީދާއާއި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ސަނީޑޭލް، އަޙްމަދު ޤައިޞް އަދި ފާދިއްޕޮޅު ހިންނަވަރު، ބާރަނާ ޢަލީ ޔޫސުފް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް، ރައީސް ޞާލިޙް، ޢައްޔަންކުރެއްވީ މިއަދުއެވެ.

 

މިއަދު އޮންލައިން