ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަޞްދީޤު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަޞްދީޤު ކުރައްވައިފި

މިދިޔަ ނޮވެމްބަރ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 72 ވަނަ ޖަލްސާއިން ފާސްކުރެއްވި، ޤާނޫނު ނަންބަރު 2014/18، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

 

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައެވެ.

 

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް ގެނަސްފައިވާ މި އިޞްލާޙާއެކު އެކި ގޮތްގޮތަށް ހިންގޭ ވިޔަފާރީގެ ތަފާތު މުޢާމަލާތްތައް ބެލެހެއްޓި، ރާއްޖޭގައި ބޭރުގެ ވިޔަފާރިތައް ހިންގުމަށް ރަޖިސްޓްރީ ކުރާނެ އުސޫލުތައް އެކަށައެޅިގެންދާނެއެވެ. އަދި ވިޔަފާރީގެ ހަރަކާތްތަކާއި ތަންތަން ދަފްތަރުކުރުމުގައި ޢަމަލުކުރަންޖެހޭގޮތް ވެސް މި ޤާނޫނުން ކަނޑައެޅިގެންދާނެއެވެ.

މިއަދު އޮންލައިން