ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޣަނީ ވަކިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޣަނީ ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު 64 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިއެވެ.

ޣަނީ ފަނޑިޔާރު ކަމުން ވަކިކުރީ ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައި އަދި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މައްސަލަ ބެލުމަށް ފަހު، ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށް ތާއީދުކުރުމުންނެވެ.

ޖޭއެސްސީގެ ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ހުރި އެކިއެކި މާއްދާތަކާ ޣަނީ ހިލާފުވެވަޑައިގެންފައިވާ ކަމަށާއި ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމް ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް ޣަނީ ކުރައްވާފައިވާ ކަމަށެވެ.

 

މިއަދު އޮންލައިން