ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރެއް އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ބާއްވަނީ

ދިވެހިރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީން ކުޑަކުދިންގެ ހަވީރެއް އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ ފެއަރ ކުރިއަށްދާއިރު ތަފާތު އެކި ސްޓޯލްތައް ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މިފެއަރގައި މައިގަނޑު 13 ސްޓޯލެއް ހުންނައިރު އޭގެ ތެރެއިން 7 ސްޓޯލަކީ އިސްލާމިކް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ ސްޓޯލްތަކެވެ. އަދި ބައެއް ސްޓޯލްތަކަކީ ބައެއް އެހެން ތަންތަނުން ކުރިއަށްގެންދާ ސްޓޯލްތަކެވެ.

ފެއަރ ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީ ނުވަތަ އިސްލާމީ މަރުކަޒު ސަރަހައްދުގައި މިއަދު ހަވީރު 04:00 އިން އިރުއޮއްސި 06:00 އަށެވެ. އަދި ރޭގަނޑު 08:00 އިން 10:00 އަށެވެ.

 

މިއަދު އޮންލައިން