އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަން ފަށަން ހަމަޖެހިފައިވާ މުޙިންމު ބައެއް މަޝްރޫޢުތައް އިފްތިތާޙް ކުރަން ބާއްވާ ރަސްމިއްޔާތު ފަށާނީ މިއަދު 3:30 ގައި ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒިރު މޯދީ އާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާ މި ރަސްމިއްޔާތު ރާއްޖެ އާއި އިންޑިއާގެ ބައެއް ޓީވީ ތަކުން ވަގުތުން ދައްކާނެއެވެ. މިއީ ޓެލެކޮންފަރެންސްކޮށް ރާއްޖޭގައި މިފަދަ ގޮތަކަށް ބާއްވާ މިބާވަތުގެ ފުރަތަމަ ރަސްމިއްޔާތެވެ.
ޢަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ ތާރީޚީ ދުވަހެއް ކަމަށާއި މިއީ ތާރީޚީ ފެށުމެއް ކަމަށެވެ.