އިންޑިއާގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ހިންގަން ހަމަޖެހިފައިވާ ގިނަ މަޗްރޫޢުތަކެއް މިއަދު ހަވީރުގެ ވަގުތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބޮޑުވަޒީރު މޯދީ ގިނަ މަޝްރޫޢުތަކެއް އިފްތިތާހްކޮށްދެއްވާނެއެވެ.
މީގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ ކޯސްޓްގާޑް ވެސްލް "ކާމިޔާބު" ވެސް ރަސްމީ ގޮތުން ޙަވާލުކުރައްވާނެއެވެ.
މިރަސްމިއްޔާތު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ޓެލެކޮންފަރެންސްކޮށެވެ. ރާއްޖެ އާއި އިންޑިއާގެ ބައެއް ޓީވީތަކުން ވަގުތުން ރަސްމިއްޔާތު ދުރަށް ފޮނުވާނެއެވެ.