
މިފަދައިން ބައެއް މީހުން ދުޢާކުރަނީ މަދީނާގައި މަރުވާ މީހުންނަށް ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) ޝަފާޢަތްތެރިވެވަޑައިގަންނަވާނެ ކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ.

ޝަހީދެއްގެ ދަރޖަ ދެއްވެވުމަށާއި މަދީނާގައި ފުރާނަ ހިއްޕެވުން އެދިވަޑައިގެން ޢުމަރުގެފާނު ދުޢާ ކުރެއްވެވިއެވެ.

ވަކި ބިމެއްގައި މަރުހިއްޕެވުން އެދި ދުޢާ ނުކުރި ނަމަވެސް މުއްމިނެއްގެ ގޮތުގައި މަރު ހިއްޕެވުން އެދި ދުޢާކުރަންވާނެއެވެ.
"އެކަމަށް އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވަޞިއްޔަތް ކުރެއްވެވިއެވެ. އަދި ޔަޢްޤޫބްގެފާނުވެސް މެއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ހަމަކަށަވަރުން، ﷲ ތިއަބައިމީހުންނަށްޓަކައި ދީން ހޮއްވަވައި ޚިޔާރު ކުރައްވަވައިފިއެވެ. ފަހެ، (އެކަލާނގެއަށް) ކިޔަމަންވެތިބޭ ޙާލުގައި މެނުވީ، ތިއަބައިމީހުން މަރުނުވާށެވެ!" (ބަޤަރާ: 132)
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން