ރަން މެޑަލް ހާސިލުކުރި ސާއިދަށް ރައީސް މަރުހަބާ ވިދާޅުވެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
ރަން މެޑަލް ހާސިލުކުރި ސާއިދަށް ރައީސް މަރުހަބާ ވިދާޅުވެ

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހާސިލުކުރި ހަސަން ސާއިދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދީ 10.49 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާއިދު ހޯދި ކާމިޔާބީއާ މެދު ފަހުރުވެރިވާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށް ދިޔުމަށް ވެސް ރައީސް ވަނީ ސާއިދަށް އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން