ޑރ.އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރާ ގުޅިގެން މަޒީދާއި ސާމިތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ޑރ.އަފްރާޝީމާއި ރިލްވާން އަދި ޔާމީންގެ މަރާ ގުޅިގެން މަޒީދާއި ސާމިތުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރާ ގުޅިގެން މަޒީދާއި ސާމިތުގެ މައްޗަށް ދައުވާކުރަން މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މަރު ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިމައްސަލަތަކުގައި ދައުވާ ކުރަން ފޮނުވީ، ރާއްޖޭގައި ހަރަކާތްތެރިވާ އަލް-ގައިދާގެ ގޮފީގެ އިސް ދެ މީހުން ކަމަށްވާ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ކަމަށެވެ. 

މަރު ކޮމިޝަނުގެ ރިޕޯޓްގައި ބުނެފައިވަނީ މިއޮޕަރޭޝަންތައް ހިންގަނީ މަޒީދާއި ސާމިތު، އިސްވެ ތިބި ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްފަކުން ކަމަށެވެ.

 

މިއަދު އޮންލައިން