އިންޒާރުގެ ފޮޓޯ ނުޖަހާ ދުންފަތުގެ ބާވަތްތައް މިއަދުން ފެށިގެން ވިއްކުން މަނާ!

ކިޔުމަށް ހޭދަވާނީ 1މ 6ސ
އިންޒާރުގެ ފޮޓޯ ނުޖަހާ ދުންފަތުގެ ބާވަތްތައް މިއަދުން ފެށިގެން ވިއްކުން މަނާ!

ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައިނުވާ، ދުންފަތުގެ އެއްވެސް ބާވަތެއް މިއަދުން ފެށިގެން ވިއްކުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.

ދުންފަތާ ދެކޮޅަށް ރާއްޖޭގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ވަނީ ވަކިވަކި ސިނގިރޭޓާއި ބިޑި ވިއްކުން ވެސް މަނާކޮށްފަ އެވެ. އަދި މިއަހަރުގެ ޖޫން މަހުގެ 31 ވަނަ ދުވަހު ވަނީ ރާއްޖޭގައި އުފައްދާ، ބަންދުކުރާ، އެތެރެކުރާ އަދި ރާއްޖޭގައި ވިއްކާ ދުންފަތާއި، ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ޖަހަން ޖެހޭ ގޮތް ހަދާފަ އެވެ.

މީގެއިތުރުން މިއިސްލާހުގައިވާ ގޮތުގެ މަތިން ދުންފަތާއި ދުންފަތް ހިމެނޭ ބާވަތްތައް ބަންދުކޮށްފައިވާ ޕެކެޓެއް ނުވަތަ ކާޓަނެއްގައި އިންޒާރުގެ ފޮޓޯ އާއި ލިޔުން އޮންނަން ވާނީ އެޕެކެޓެއްގެ ނުވަތަ ކާޓަނެއްގެ އިންޒާރުގެ ނޯޓިސް ޖެހުމަށް ކަނޑައަޅާފައިވާ ކޮންމެ ބައެއްގެ، ޖުމްލަ ބޮޑުމިނުގެ 90 އިންސައްތައަށް ވުރެ ކުޑަ ނުވާނެ ވަރަކަށެވެ.

މިއަދު އޮންލައިން