ސިވިލް ކޯޓު ރިސެސް އަށް ހިނގައްޖެ!

ކިޔުމަށް ހޭދަވާނީ 1މ 1ސ
ސިވިލް ކޯޓު ރިސެސް އަށް ހިނގައްޖެ!

މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ސިވިލް ކޯޓު ރިސެސް އަށް ހިނގައްޖެއެވެ.

2011 ވަނަ އަހަރު ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމާފައިވަނީ ކޮންމެ އަހަރު ދެ ފަހަރު ސިވިލް ކޯޓު ރިސެސް އަށް ދިޔުމަށެވެ. އެގޮތުން ސިވިލް ކޯޓު ރިސެސް އަށް ދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހަށާއި ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ފުރަތަމަ 20 ދުވަހެވެ.

ސިވިލް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގައިވެސް ކޯޓުގެ އަމާޒަށް ވާސިލްވުމަށްޓަކައި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީއަތްތަކާއި، އަވަސް ނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް، މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރިސެސްގެ މުއްދަތުގައި އާންމު ގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، ނިމިފައިވާ މައްސަލަތަކުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި، ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީއަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ޚިދުމަތްތައް ކަމަށްވެސް ސިވިލް ކޯޓުން ވަނީ ބުނެފަ އެވެ.

މިއަދު އޮންލައިން