ރައީސް ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 36ސ
ރައީސް ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރަށްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ ޢަޙްދުގެ އިތުރުން އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ

މިއަދު އޮންލައިން