ގެތަކަށް ޝައިޠާނާއަށް މިހައި ގަދަކޮށްލެވިގެން މިއުޅެނީ ކީއްވެ؟ އުޑުގެ އަހުލުވެރިންނަށް ގޭގެ އުޖާލާކަން ދައްކަން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ގެތަކަށް ޝައިޠާނާއަށް މިހައި ގަދަކޮށްލެވިގެން މިއުޅެނީ ކީއްވެ؟ އުޑުގެ އަހުލުވެރިންނަށް ގޭގެ އުޖާލާކަން ދައްކަން ބޭނުން ހެއްޔެވެ؟

ބައްދަލުވާ ކޮންމެ މީހަކުހެން ދައްކަނީ ދާދި އެއް ވާހަކައެކެވެ. އެމީހެއްގެ ގޭގައި ވަރަށް ގިނަ މައްސަލަތައް ޖެހިގެން އުޅޭ ވާހަކައެވެ. ދެމަފިރިންނާއި ޢާއިލާގެ މެދުގައި ބޮޑެތި މައްސލަތައް ޖެހިގެން އުޅޭ ވާހަކައެވެ. ދަރިން ބަސް ނާހާ ވާހަކައެވެ.

ވިސްނާށެވެ! މިއިން ކޮންމެ ކަމަކީވެސް ޝައިޠާނާގެ ކިބައިން އަންނަ ކަންކަމެވެ. މިއިން ކޮންމެ ކަމެއްވެސް ކުރިމަތިވަނީ ޝައިޠާނާ އެގެއަކަށް ގަދަކޮށްލުމުންނެވެ. ވީމާ މިހުރިހައި މައްސަލަތަކެއްގެ ޙައްލަކީވެސް ގެފަޅު ނުކުރުމެވެ. ގެ ފަޅު ނުކުރުމަކީ ގޭގައި ނަމާދުކުރުމާއި އަޅުކަން ކުރުމެވެ. ކީރިތި ޤުރްއާން ކިޔެވުމެވެ. 

އަންހެނުން ގޭގައި ނަމާދުކުރާށެވެ! ފިރިހެނުން ސުންނަތް ނަމާދުތައް ގޭގައި ކުރާށެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ޚާއްޞަކޮށް ބަޤަރާ ސޫރަތެވެ. ބަޤަރާ ސޫރަތް ޤަވާއިދުން ކިޔަވާ ގެއަކާއި ޝައިޠާނާއަކަށް ކައިރިއެއް ނުވެވޭނެއެވެ! 

ތިމާގެ ގެ އުޑުގެ އަހުލުވެރިންނަށް ތަރިތަކެއް ފަދައިން އުޖާލާވެފައިވަނިކޮށް ދައްކަން ބޭނުންވާ މީހާ މި ޙަދީޘްފުޅަށް ބަލާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން