ޅަދަރިންގެ ހިތްތަކުގަ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތާ ބެލެނިވެރިންގެ ޒިންމާއެއް!: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޅަދަރިންގެ ހިތްތަކުގަ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތާ ބެލެނިވެރިންގެ ޒިންމާއެއް!: ރައީސް

ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވީ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި ރާއްޖެއަށް ލިބިފައިވާ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، ދިވެހިންގެ ހިތްތައް އުޖާލާކޮށްދެއްވުންކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ ހަނދާންތައް އައުކުރާއިރު އެމަތިވެރި ނަސީބު އަޅުގަނޑުމެންގެ މެދުގައި ދެމެހެއްޓުމުގެ މުހިންމުކަމާ މެދު ވިސްނަންޖެހޭކަމަށާއި އެގޮތުން ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަން ވެސް، ހަނދާނުގައި ބަހައްޓަން ޖެހޭކަކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީގެ 893 އަހަރު ކުރިން، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން، ދިވެހިންގެ ހިތްތައް އުޖާލާވެގެން ދިޔަ މަތިވެރި ހަނދާންތައް އައު ކުރައްވައި މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، އެމަނިކުފާނުގެ އިޚްލާޞްތެރި މަރުޙަބާ ދަންނަވައި، ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

މިއަދު އޮންލައިން