ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ބޭފުޅަކާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް އައްޔަނު ކުރެއްވުމަށް، ޖޫޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މަޝްވަރާއަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިއަދު ނަންފޮނުއްވައިފިއެވެ.
ރައީސް ޞާލިޙު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް މ. ގުލްފާމުގޭ އަޙުމަދު މުއުތަސިލް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ސ. މީދޫ ޙަސަންކާރިގޭ ހުސްނުއްސުޢޫދާއި މ. ވޭސައިޑް އަބްދުއްރައޫފް އިބްރާހިމް އައްޔަނު ކުރުމާއި ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއަށް މިއަދު އެމަނިކުފާނު ނަންފޮނުއްވާފައިވާ ކަމަށެވެ.
ހުސްނުއްސުއޫދަކީ ރައީސް ޞާލިޙު އުފެއްދެވި ވީނުނީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަންގެ ރައީސް ވެސް މެއެވެ.
އުއްތަމަފަނޑިޔާރުގެ މަގާމަށް މ.ގުލްފާމްގެ އަޙްމަދު މުޢުތަޞިމް އަދްނާން އަދި ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ސ.މީދޫ ހަސަންކާރިގެ ޙުސްނުއްޞުއޫދާޢި މ.ވޭސައިޑް.ޢަބްދުއްރައޫފް އިބްރާހީމް ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަށް މިއަދު އަޅުގަނޑު ފޮނުވައިފިން
— Ibrahim Mohamed Solih (@ibusolih) November 28, 2019