ރިޔާޟްގެ ނަޞޭޙަތް އަދުރޭއަށް! ފަނޑިޔާރުންނަށް ބިރު ނުދައްކާ ހިތްހަަމަ ނުޖެހޭނަމަ އިސްތިނާފް ކުރޭ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ރިޔާޟްގެ ނަޞޭޙަތް އަދުރޭއަށް! ފަނޑިޔާރުންނަށް ބިރު ނުދައްކާ ހިތްހަަމަ ނުޖެހޭނަމަ އިސްތިނާފް ކުރޭ!

ފަނޑިޔާރުންނަށް ބިރު ނުދައްކާ ހިތްހަަމަ ނުޖެހޭނަމަ އިސްތިނާފް ކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނަޞޭޙަތް ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އަބްދުﷲ ރިޔާޒް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ "ހުކުމާމެދު ހިތްހަމަ ނުޖެހޭނަމަ އިސްތިނާފަށް އަވަހަށް ހުށަހަޅުއްވަންނީ.. ހުކުމް އިއްވި ފަނޑިޔާރުންނަށް ބިރު ދެއްކުމަކީ ޤާނޫނީ ކުށެއް" ކަމަށެވެ.

ކުރީގެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މިއަދު އޮންލައިން