ޝައިޚް ޢަލީ ޒާހިރު ކިޔަވާވިދާޅުވި ކޮލެޖަށް ޒިޔާރަތް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ޝައިޚް ޢަލީ ޒާހިރު ކިޔަވާވިދާޅުވި ކޮލެޖަށް ޒިޔާރަތް ކުރައްވައިފި

ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކިޔަވާވިދާޅުވި "ކޮލެޖް އޮފް ޙަދީޘް އެންދް އިސްލާމިކް ސްޓަޑީޒް"އަށް ޒިޔާރަތްކުރައްވައިފިއެވެ. 

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ޞަޙީޙް ބުޚާރީ ކިޔަވައި ވިދާޅުވެ ދެއްވި ޑރ. ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާއި ބައްދަލުވެވަޑައިގަތުމުން ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމަށެވެ. ޝައިޚް ވަނީ ކޮލެޖަށާއި ކިޔަވައިދެއްވި ޢިލްމުވެރިންނަށް ހެޔޮ ދުޢާ ކުރައްވައިފައެވެ. 

މިއީ 14 އަހަރު ފަހުން ކޮލެޖަށް ކުރެއްވި ޒިޔާރަތެއްކަން ފާހަގަކުރައްވައި ކޮލެޖުން ދެންނެވި މަރްޙަބާއަށް ޝައިޚް ޢަލީ ޒާހިރު ވަނީ ޝުކުރުއަދާކުރައްވައިފައެވެ. 

މިދުވަސްކޮޅު ރާއްޖޭގެ ވަރަށް ގިނަ ދީނީ ޢިލްމުވެރިން ތިއްބެވީ ޢުމުރާއަށް ވަޑައިގެން ސައުދިއަރަބިޔާގައެވެ. ޑރ. އިޔާޟް މަދީނާގައި ހުންނެވީ ޢާއިލީ ބޭނުންފުޅެއްގައެވެ.

މިއަދު އޮންލައިން