ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ، މަޖިލިހުގެ ރައީސް އާއި ދެންތިބި މެމްބަރުން ދޫރައްކާތެރި ކުރުމަށް ނަސޭޙަތްތެރިވަން: ޖަމްޢިއްޔަތުލްސަލަފް

ކިޔުމަށް ހޭދަވާނީ 1މ 9ސ
ސުވާލު ކުރެވޭނެ ދުވަހެއް އަންނާނެ، މަޖިލިހުގެ ރައީސް އާއި ދެންތިބި މެމްބަރުން ދޫރައްކާތެރި ކުރުމަށް ނަސޭޙަތްތެރިވަން: ޖަމްޢިއްޔަތުލްސަލަފް

މޮސްކޯގެ އަލީ ޖަލީލަކީ ޖަމްޢިއްޔަތުލްސަލަފް ގައި ދުވަހަކު ވެސް މަސައްކަތް ކުރި މީހެއް ނޫން ކަމަށް އެޖަމްޢިއްޔާއިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު، މިއަދުގެ މަޖިލުހުގައި މޮސްކޯ އަލީ ޖަލީލާއި ޖަމްޢިއްޔަތުލްސަލަފް އާއި ގުޅުވައިގެން ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުން އެޖަމްޢިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮސްކޯ ޖަލީލަކީ ޖަމްޢިއްޔަތުލްސަލަފްގައި ދުވަހަކުވެސް މަސައްކަތް ކުރި މީހެއް ނޫން ކަމަށެވެ.

މީގެއިތުރުން އެޖަމްޢިއްޔާއިން ބުނެފައިވަނީ ޖަމްޢިއްޔަތުލްސަލަފަށް ނިސްބަތްވާ ޢިލްމުވެރިންނަށާއި، އެނޫންވެސް ރާއްޖޭގެ ޢިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުން ކަމުގައި، މޮސްކޯ އަލީ ޖަލީލާއި އޭނާގެ ފިކުރަށް ތަބާވާ މީހުން އެތައް ފަހަރަކު ބުނެފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

"ރައްޔިތުންގެ މަޖިލިހުގެ ރައީސްފަދަ ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނެ އަސްލެއް ނެތް ވާހަކަތަކާއި، ފާޅުކަން ބޮޑު ބުހުތާން ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ.

ދަންނާށެވެ! ދުލުން ބޭރުކުރާ ކޮންމެ ކަލިމަޔަކާއިމެދު ސުވާލު ކުރެވޭ ދުވަހެއް އާންނާނެކަން ކަށަވަރެވެ! ވީމާ މަޖިލިހުގެ ރައީސް އާއި އެންމެހާ މެމްބަރުން ދޫރައްކާތެރި ކުރުމަށް ނަސޭޙަތްތެރިވަމެވެ!" ޖަމްޢިއްޔަތުލްސަލަފް ގެ ބަޔާނުގައިވެއެވެ.

މިއަދު އޮންލައިން