ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުންނާ ރޭވި މީހުން މަރު ކޮމިޝަނުގެ ރިޕޯޓުންވެސް އެނގޭއިރު އެހެން ބައެއްގެ ބޮލުގައި ދޮގު ތުހުމަތާއި ދޮގު އިލްޒާމްތައް އެޅުވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ އިސް ހަރަކާތްތެރިންގެ ތެރޭގައި ހިމެނޭ ކަނޑުވައި އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ ރިޕޯޓުގައި ކަނޑައެޅިގެން އެކަންކުރި މީހުންނާއި ރޭވި މީހުން އެނގެން އޮތްއިރު ކަމާއި ނުބެހޭ މީހުންގެ މައްޗަށް ތުހުމަތުކޮށް ފިޔަވަޅު އެޅުމަކީ އިންޞާފު ޤަބޫލުކުރާ އެއްވެސް ބައަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އިބްރާހީމް ރަޝީދު ވަނީ ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުންނާއި އެކަން ރޭވި މީހުން މައްސަލައިން ދުރުކޮށް ކަން ނުކުރާ ބައެއްގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ އަޞްލު އޮޅުވައިލަން އުޅޭ ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ.
އިބްރާހީމް ރަޝީދު ވިދާޅުވީ އެކަން ކުރި މީހުން އެނގެން އެބައޮތް ކަމަށާއި އެއީ ސަލަފް ޖަމިއްޔާ އާއި ޑރ. ޝަހީމް ނޫން ކަމަށެވެ.