ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވީ ދީނީ ހަރުކަށިފިކުރުގެ ޖަމާއަތަކުން: ޙުސްނުއްސުޢޫދު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވީ ދީނީ ހަރުކަށިފިކުރުގެ ޖަމާއަތަކުން: ޙުސްނުއްސުޢޫދު

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވީ ދީނީ ހަރުކަށިފިކުރުގެ ޖަމާއަތަކުން ކަމާއި އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަން ކުރުމަށް އެފަރާތްތަކުން ޙަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާއަތާ ގުޅިފައި އޮތް ޖިނާޢީ ކުށްކުރާ ގޭންގަކާއިކަން ކޮމިޝަނުގެ ރިޕޯޓުން ސާފުވާ ކަމަށް މަރު  ކޮމިޝަނުގެ ރައީސް ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

"ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވީ ދީނީ ހަރުކަށިފިކުރުގެ ޖަމާއަތަކުން ކަމާއި އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަން ކުރުމަށް އެފަރާތްތަކުން ޙަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާއަތާ ގުޅިފަ އޮތް ޖިނާޢީ ކުށްކުރާ ގޭންގަކާއިކަން ކޮމިޝަނުގެ ރިޕޯޓުން ސާފުވޭ.

ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮން ބައެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ރިޕޯޓުގައިވާ 3 ހެކިންގެ ބަހުން، އަދި ވޭތިވެ ދިއަ 7 އަހަރު ފުލުހުންނާއި ނޭޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް އިން އެއްކޮސްފައިވާ މައުލޫމާތުތަކުން އެނގޭ. ވީމާ މަރުކޮމިޝަނުގެ ރިޕޯޓް ފުރިހަމަ ނޫން ކަމަށް ބުނާނެ ތަނެއް ނެތް." –ޙުސްނުއްސުޢޫދު

ޙުސްނުއްސުޢޫދުގެ މި ބަސްފުޅާއި ގުޅިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ "ޙަޤީޤީ ކުށްވެރިން ހައްޔަރުކުރަން" ގޮވާލައްވައިފައެވެ.

"ޙަޤީޤީ ކުށްވެރިން ހައްޔަރުކުރައްވާށެވެ! މައްޞޫމް އެތައް ބައެއްގެ އަބުރު ކަތިލެވިގެންދާނީއެވެ. އެމަރަކީ އަޅުގަނޑުމެންނާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫންކަން މަނިކުފާނނަށްވެސް އެނގިވަޑައިގަންނަވާނެއެވެ." –ޑރ. ޝަހީމް

 

 

 

މިއަދު އޮންލައިން