ޙައްޤުގައި ތިބި ބައަކާމެދު ދޮގު ވާހަކަތައް ފަތުރައި، އެފަދަ ބައެއްގެ ބޮލުގައި ބަދު އިލްޒާމު އެޅުވުމަކީ މާދަމާ އެއަށް ޖަވާބު ދޭންޖެހޭނެ ކަމެއް ކަމަށާއި އެކަމަށް ބިރުވެތިވާނަޖެހޭނެ ކަމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
"ސަޢުދީ ޢަރަބިއްޔާއިން ދީނީ ތަޢުލީމުދެނީ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާގެ ސުންނަތުގެ މައްޗަށް ބިނާކޮށް. ސަލަފުއްޞާލިޙުންގެ މަންހަޖުގައި. އިމާމުވެރި ބޭކަލުންނާއި ފިޤްހުވެރި ޢިލްމުވެރި ބޭކަލުންނަށް އިޙްތިރާމުކުރަން ދަސްކޮށްދެއެވެ. ތަޢައްޞުބުން އެއްކިބާވެ! ހަރުކަށި ފިކުރާ މުޅިންދެކޮޅު"!
"ވަޙީބަސްފުޅެއްގެ މާނާގައި ވެއެވެ. "ﷲ ގެ ދީނަށް ގޮވާލައި ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރެ ތިމަން މިވަނީ އެކަލާނގެއަށް ކިޔަމަންތެރިވާ މީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ހެޔޮބަސްބުނާ މީހަކީ ކާކުހެއްޔެވެ؟" –ޝައިޚް މުޙައްމަދު ލަޠީފް