މަރުކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މަރުކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފާސްކޮށްފި

ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން މަރުކޮމިޝަނުން ޢާންމުކުރި ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަން ނިންމައި މަޖިލީހުގެ 241 ކޮމިޓީން ފާސްކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. 

ނަމަވެސް އަޅާނެ ފިޔަވަޅަކާއި ބެހޭ ގޮތުން ރިޕޯޓުގައި އެއްވެސް ކަމެއް ބަޔާންކޮށްފައި ނެތުމުން ބެލެވެނީ އެކަން ކުރާނީ ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން ކަމަށެވެ. 

އެ ރިޕޯޓުގައި ހިމްނާފައިވާ ގޮތުން ސަލަފް ޖަމިއްޔާ އާއި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށްވެސް ފިޔަވަޅު އަޅަން ޖެހެއެވެ. ނަމަވެސް ސަލަފުންވެސް ޑރ. ޝަހީމް ވެސް ވަނީ އެ ރިޕޯޓާއި ގުޅިގެން އެފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. ސަލަފުން ބުނެފައިވަނީ ރިޕޯޓު އެކުލަވާލުމުގައި އެ ޖަމިއްޔާ ޢާއި ސުވާލުވެސް ކޮށްފައި ނުވާ ކަމަށެވެ.

މަރުކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ގިނަ ބައަކު ދަނީ ތަފާތު ސުވާލުތައް އުފައްދަމުންނެވެ. ޑރ. އަފްރާޝީމް ޢަލީގެ ޢާއިލާއިން ވަނީ ރިޕޯޓް ބަލައި ނުގަންނަކަމަށް ވެސް ބުނެފައެވެ.

މިއަދު އޮންލައިން