ހަނދުމަކޮށްދިނުމާއި ދެކޮޅު ހަދާ މީހުން މި އާޔަތްތައް ކިޔައިލާށެވެ! "ބޮޑުވެގެންވާ ނަރަކައަށް ނުވަންނާނެ" މީހަކަށް ވޭތޯއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހަނދުމަކޮށްދިނުމާއި ދެކޮޅު ހަދާ މީހުން މި އާޔަތްތައް ކިޔައިލާށެވެ! "ބޮޑުވެގެންވާ ނަރަކައަށް ނުވަންނާނެ" މީހަކަށް ވޭތޯއެވެ!

"ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ! (.) (اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ. (.) އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ. (.) އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ. (.) ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ. (.)" (އަލްއަޢްލާ: 9،10،11،12،13) 

އިސްލާމް ދީނުގެ ކަންކަމަކީ އަބަދުވެސް ހަނދާންކޮށްދޭން ޖެހޭ ކަންކަމެވެ. އެކަން ކުރުމަށް ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. މި 5 އާޔަތް ކިޔައިލުމުން މިކަމުގައި އިތުރަށް ދައްކަން ޖެހޭ އެއްވެސް ވާހަކައެއް އޮތް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.  

މިކަންކަން ހާމަކުރަން ޖެހެނީ ކީރިތި ޤުރްއާނުގައި ކަންކަން ބަޔާން ކުރައްވަވާފައިވާ ގޮތަށް ނުބަލައި އެމީހަކު ތާއީދުކުރާ ސިޔާސީ މީހުން ދައްކާ ވާހަކަތައް ބައެއް މީހުންނަށް ޤަބޫލުކުރެވޭތީ އެކަމުގެ ހުރި ނުރައްކައުތެރިކަން ބަޔާންކޮށްދިނުމަށެވެ.  

(މިއާޔަތްތައް ވިދާޅުވެދެއްވައި މިކަން ހާމަކުރަން މިއަދުނޫހަށް އިރުޝާދު ދެއްވީ މިއަދުނޫހުގެ ދީނީ ލިޔުންތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާ ދީނީ ޢިލްމުވެރިއެކެވެ. ޝައިޚް ވިދާޅުވީ މިކަންކަން ރައްޔިތުންނަށް އަނގައިދޭން ޖެހޭނެ ކަމަށެވެ.)

މިއަދު އޮންލައިން