ދަރިވަރުންގެ އިޚްތިރާމާ ލޯބި ހޯދޭނީ މުދައްރިސުން ކިވައިދޭ މާއްދާގެ ކޮންޓެންޓް ފުރިހަމައަށް އެނގިގެން: ޑރ. އިބަރާހީމް ޙަސަން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދަރިވަރުންގެ އިޚްތިރާމާ ލޯބި ހޯދޭނީ މުދައްރިސުން ކިވައިދޭ މާއްދާގެ ކޮންޓެންޓް ފުރިހަމައަށް އެނގިގެން: ޑރ. އިބަރާހީމް ޙަސަން

ކޮންމެ މުދައްރިސަކީ އެ މުދައްރިސަކު ކިޔަވަދެއްވާ ދާއިރާއިން ނަމޫނާ މުދައްރިސަކަށް ވުމަކީ މުހިންމު ކަމެއް ކަމަށާއި ކޮންމެ މުދައްރިސަކުވެސް މަސައްކަތްކުރަން ވާނީ ދަރިވަރުންގެ އިޚްތިރާމާއި ލޯބި ހޯދުމަށްކަށާއި އަދި އެކަން ކުރެވޭނީ ކޮންމެ މުދައްރިސަކުވެސް އެބޭފުޅަކު ކިވައިދެއްވާ މާއްދާގެ ކޮންޓެންޓް ފުރިހަމައަށް އެނގިގެން ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހީމް ޙަސަން މިމޭރުމުން ވިދާޅުވީ މިރޭ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. .

ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މުދައްރިސުންނަކީ ކުލާހުގައާއި ސްކޫލްގެ ހަތަރުފާރުގެ ތެރޭގައާއި، މުޖުތަމަޢުގައި އަދި ޤައުމު އާރާސްތުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އަދި މީގެ އިތުރުން ޢިލްމު ހޯދަންވާނީ ހަމައެކަނި ސަނަދެއްގެ ބޭނުމަކު ނޫންކަމަށް ވިދާޅުވެ އުނގެނުމަކީ ހޮބީއެއް ކަމުގައި ހެދުމަށް މުދައްރިސުންނަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. އަދި ތިމާ ކިވައިދެއްވާ ދާއިރާގެ އެންމެ ފަހުގެ ޚަބަރުތައް ނުވަތަ ކުރިއެރުންތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ގެ ވާހަކަފުޅުގައި ތިމާ ސަނަދު ހޯދީ ކޮންތާކުންތޯ މުސްތަޤްބަލްގައި ވަޒީފާ ދޭ ފަރާތްތަކުން ބަލާނެ ކަމުގައިވެސް ވިދާޅުވިއެވެ. ކިޔެވީ ކިހިނަކުންތޯ އާއި، ކިޔެވި ކޯހުގެ މޮޑިއުލް ތަކަކީ ކޮބައިކަންވެސް ވަޒީފާ ދޭ ފަރާތްތަކުން ކަށަވަރުކުރަން ބޭނުންވާނެކަމުގައެވެ. އެއީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ އާއި އެ މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ދަށުން ހިނގަމުން އަންނަ މަރުކަޒެކެވެ.

މިއަދު އޮންލައިން