އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ކަމަށް ޢަބްދުލްޙަސީބް އިސްމާޢީލް އައްޔަންކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ޢަބްދުލްޙަސީބް އިސްމާޢީލް އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެއްވީ، މިކަމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބެންގަލޫރ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ކޮމާސް ޢަބްދުލްޙަސީބް ވަނީ ހާސިލް ކުރައްވަވާފައެވެ.
ޢަބްދުލްޙަސީބް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުކަމާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރުކަން ހިމެނެއެވެ.
ޢަބްދުލްޙަސީބް ދައުލަތުގެ ޚިދުމަތާއި ގުޅިފައިވަނީ 2002 ވަނަ އަހަރުގައެވެ.