ދީނީ ޢިލްމުވެރިންނަށް ބިރު ދައްކަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް ޙަޤީޤަތުގަ ބިރުގަންނަން ޖެހޭނީ ރައީސް ނަޝީދު: ޑރ. އަފްރާޝީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދީނީ ޢިލްމުވެރިންނަށް ބިރު ދައްކަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް ޙަޤީޤަތުގަ ބިރުގަންނަން ޖެހޭނީ ރައީސް ނަޝީދު: ޑރ. އަފްރާޝީމް

ޚަބަރުގައި އެވަނީ "ދީނީ ޢިލްމުވެރިންނަށް ބިރު ދައްކަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް ޙަޤީޤަތުގައި ބިރުގަންނަން ޖެހޭނީ ރައީސް ނަޝީދު" ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަފުޅެއްގެ ވީޑިއޯ ކްލިޕެކެވެ.  

ޑރ. އަފްރާޝީމް ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ބުއްދި އާއި ވިސްނުންފުޅުގެ ލޯ ހުރީ ކަނުވެފައި ނޫންނަމަ 2012 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދަށް އެކަން ވާނީ އިޙްޞާޞް ކުރެވިފައި ކަމަށެވެ. އަދި އެދުވަހު ރައީސް ނަޝީދުގެ ބުއްދި އާއި ވިސްނުންފުޅުގެ ލޯ އެދުވަހު ހުރީ ކަނުވެފައި ކަމަށެވެ.  

ދީނީ ޢިލްމުވެރިންނާއި އެކި ގޮތްގޮތުން ދިމާކުރައްވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވުމަކީ ވެރިކަމަށް ވަޑައިގަތުމަށްފަހު އަބަދުވެސް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމެކެވެ. ދުނިޔޭގެ ތާރީޚަށް ބެލި ނަމަވެސް މުޖުތަމައަކުން އިސްލާމް ދީން ފުހެލުމަށްޓަކައި އެންމެ ފުރަތަމަ ކުރަމުން އަންނަ ކަމަކީ ދީނީ ޢިލްމުވެރިންގެ ބަސް ރައްޔިތުން ޤަބޫލު ނުކުރާނެ ގޮތް ހަދަން މަސައްކަތްކުރުމާއި ޝައިޠާނީ އަވާގައި މީސްތަކުން، ޚާއްޞަކޮށް ޒުވާނުން ޖެއްސުވުމެވެ.

ގުޅުން ހުރި ވީޑިއޯ:

މިއަދު އޮންލައިން