"ޢިއްޒަތްތެރި ޑރ. އިޔާޟް ކުރައްވަނީ ޙައްޤު މަސައްކަތެވެ. އެމަނިކުފާނު ދެކެ މީހަކު ކިތަންމެ ރުޅި އައި ނަމަވެސް އެމަނިކުފާނު ބިރެއް ނުގަންނާނެއެވެ. ވީމާ ބިރުދައްކަން ނުއުޅުއްވާށެވެ! ޖަރީމާ ހިންގާއިރު ހައްޕު ކިޔައިގެން ޑރ. އިޔާޟް ނުހުންނަވާނެއެވެ. އިން ޝާ ﷲ! އިސްލާމް ދީން އުނގެނި އަމަލުކުރުމަކީ އެންމެންވެސް ކުރަން ޖެހޭ ކަމެކެވެ." ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވީ އިސްލާމް ދީނަށް ދައުވަތު ދިނުމަކީ ކުރަން ނުޖެހޭ ކަމެއްކަމަސް ވިދާޅުވެ ރައީސް ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅުގައި ޑރ. އިޔާޟަށް އަމާޒުކުރައްވައި ވާހަކަފުޅު ދެއްކެވުމުންނެވެ.
ނަމަވެސް ޑރ. އިޔާޟް ޤަބޫލުފުޅުކުރައްވަވާ ގޮތުގައި ރައީސް ނަޝީދުގެ ވާހަކަފުޅު އަމާޒުކުރައްވާފައިވަނީ ދީނީ ދައުވަތު ދިނުމާއި ދީނީ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށް ދީނީ ޢިލްމުވެރިން ކުރައްވަވާ މަސައްކަތްޕުޅުތަކަށެވެ. އެކަންކަން ހުއްޓުވުމަށެވެ.
ޑރ. އިޔާޟް ޤަބޫލުފުޅު ކުރައްވާ ގޮތުގައި ދީނަށް ދައުވަތުދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތަކީ ދުނިޔެ ދެމިއޮތްހައި ދުވަހަކު ދީނީ ޢިލްމުވެރިންނަށާއި މުސްލިމް ދައުލަތްތަކަށް ވެސް ކޮންމެހެން ކުރަން ޖެހޭނެ އަދި ހުއްޓައި ނުލެވޭނެ ކަމެކެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ދެބޭފުޅުންގެ ބައްޕާފުޅުގެ ވާހަކަފުޅުވެސް ގެންނެވިއެވެ. އެއްވެސް މީހަކީ ބައްޕަގެ ސަބަބުން އެއްވެސް މަތިވެރިކަމެއް ނުވަތަ ނިކަމެތިކަމެއް ވެސް ލިބޭ މީހެއް ނޫނެވެ. މަތިވެރިކަން ލިބެނީ ލިބިފައިވާ ޢިލްމާއި އެ ޢިލްމުގެ ބޭނުން ކުރާ ގޮތަކުންނެވެ. ތަްްވާވެރިކަމުންނެވެ.
ޑރ. އިޔާޟްގެ ބައްޕާފުޅު ޑރ. އިޔާޟް އާއިމެދު ފަޚުރުވެރިވެވަޑައިގަންނަވައެވެ.
"އަހަރެންގެ ބައްޕައާއި ކަޅުބެ ޢަބްދުއްލަޠީފާއި މިއަހަރުގެ ޖަނަވަރީ މަހު އެއަރޕޯޓުން ބައްދަލުވިއެވެ. ދެކެވުނު ވާހަކައިގެ ތެރެއިން އަހަރެންގެ ބައްޕަގެ ކިތައް ދަރިން ތިބޭތޯ ސުވާލުކުރުމުން 12 ދަރިން ދުނިޔޭގައި ތިބިކަމަށް ބައްޕަ ބުނުއްވިއެވެ.
އެވަގުތު ކަޅުބެ ޢަބްދުއްލަޠީފް ދެންނެވިއެވެ. އަހަރެންގެ ދެދަރިން ތިބެއެވެ. އޭގެތެރެއިން އެއްދަރިއަކީ 12 ދަރިންނާއި ނުބައްދަލު ދަރިއެކެވެ. (އިޝާރާތްކުރެއްވީ ޑރ.އިޔާޟް [حفظه الله] އަށެވެ.)
ޙަޤީޤަތުގައިވެސް މިއީ ތެދެކެވެ. الله، ދުކްތޫރު ރައްކާތެރިކުރައްވާ، ޙައްޤުގެ މަތީ ސާބިތުކުރައްވާށި.!"
މިއީވެސް ބޭފުޅަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ރާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިން ކަސްތޮޅު އަޅުވައި ދީނަށް ދައުވަތު ދިނުން ހުއްޓުވަން ކުރެވެމުން އަންނަ މަސައްކަތްތަކުން ދިވެހި އުންމަތް ސަލާމަތް ކުރެއްވެވުމަކީ ދިވެހި މުސްލިމުންގެ ދުޢާއެވެ.